ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ދައުރުގެ ފަހު ރިޔާސީ ބަޔާން މާދަމާ އިއްވާނެއެވެ.

2023 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 ޖަހާއިރުއެވެ. އެ ޖަލްސާގައި 2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވާނެއެވެ.

މަޖިލީހުގެ ކޮންމެ އަހަރެއްގެވެސް ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި އަބަދުވެސް ސަރުކާރުން ކަނޑައަޅައެވެ.

އެގޮތުން ކޮންމެ އަހަރެއްގަ ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވައެވެ.

2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިންމައި މެމްބަރުން ޗުއްޓީއަށް ވަޑައިގެންފައިވަނީ ނޮވެމްބަރު މަހުގެ ފަހު ހަފްތާގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *