އޮލިމްޕަސް އަލުން ހުޅުވިގެން ދިއުމަކީ ފަންނުވެރިކަން އަލުން ދިރިގެންދާނެ ކަމެއްކަމަށް މިއީ ސަރަހައްދީ ފެންވަރުގެ ސިނަމާއެއް ކަމަށް ފަންނާއި ސަޤާފަތާއި ތަރިކަ އާއި ބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިރޭ އޮލިމްޕަސް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ އޮލިމްޕަހަކީ ދިވެހިންގެ ފަންނުވެރިކަމާއި ގުޅި ލާމެހިފައިވާ ތަނެއް ކަމަށެވެ. އަދި ލަވަޔާއި މިއުޒިކާއި ތަމްސީލާއި ޑްރާމާ އަދި ފިލްމާއި ގުޅިފައިވާ ތަނެއް ކަމަށެވެ.

އަދި އޮލިމްޕަހަކީ ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ރަމްޒްކޮށްދޭ ތަނެއް ކަމަށްވެސް މިނިސްޓްރ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި އެމަނިކުފާނުގެ އިސްނެންގެވުމާއި އެކު އޮލިމްޕަސް އިމާރާތް ކުރީ ސްރީލަންކާގެ ކުންފުންޏަކުން. މިހާރު އޮލިމްޕަސް ތަރައްޤީކޮށް މި ހުޅުވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާއެކު އިންޑިއާ ސަރުކާރާއި ރައްޔިތުންގެ އެހީތެރިކަމާއެކު. މީގެން ރަމްޒްކޮށްދެނީ އޮލިމްޕަހާއި ސްރީލަންކާއާއި އާއިވެސް ގުޅިފައިވާކަން."

މިނިސްޓަރ މި ސަރަހައްދުގެ ގުޅުމާއި އެކުވެރިކަމާއި އޮލިމްޕަހާއި ގުޅިފައިވާ ކަމަށެވެ. ރައީސް މައުމޫންގެ ވެރިކަމުގައިވެސް އޮލިމްޕަހަށް ތަރައްޤީތަކެއް ގެނެވިފައިވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ކޮވިޑްގެ ވަބާއާއި އެކު ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ފަންނުވެރި ދެއްކި ކެތްތެރިކަން ފާހަގ ކުރައްވާ މިނިސްޓަރ ވަނީ އެފަރާތްތަކަށްވެސް ޝުކުރުއަދާކުރައްވާފައެވެ.

އޮލިމްޕަސް ހުޅުވުމަށް ފުރަތަމަ ހަމަޖެއްސި މުއްދަތަށްވުރެ މިކަން ދިގުލައިގެން ދިޔަކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަން ދިގުލައިގެން ދިޔައީ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް ސިނަމާއާއި، ތިއޭޓަރ ހޯލާއި ޕްރެކްޓިސް ރޫމުތަކާއި ސްޓޫޑިއޯތައް ޒަމާނީ ފެންވަރަކަށް ގެނައުމަށް މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ.

އޮލިމްޕަސް މަސައްކަތް ލަސްވާން ދިމާވި އެންމެ ބޮޑު ސަބަބަކީ ބޭރުން ތަކެތި ގެނައުމުގައި ދިމާވި ދަތިތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ފަހަރު އޮލިމްޕަސް ހުޅުވިގެން މިދަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެކު. މިއީ ސަރަހައްދީ ފެންވަރުގެ ސިނަމާއެއް ގޮތަށް ތިއޭޓަރއެއް ގޮތަށް މި ފަހަރު ހުޅުވިގެން މިދަނީ."

ސިނަމާ ހޯލާއި ތިއޭޓަރގެ އިތުރުން ތިން މިއުޒިކް ޕްރެކްޓިސް ރޫމާއި ޑާންސް ޕްރެކްޓިސް ރޫމެއް އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު އޮލިމްފަހުގައި ގާއިމު ކުރެވިފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *