ހަސަންފުޅުބެ

އއ. މަތިވެރިން ގެއްލުނު ހަސަންފުޅު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ އަދިވެސް ކުރިޔަށް ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލުނު މީހާ ހޯދުމަށް  ކުރެވުނު މަސައްކަތުން މިހާތަނަށް އޭނާ ހޯދިފައިނުވާ ކަމަށާއި، އޭނާ ހޯދުމަށް ރަށުގެ ފަޅުތެރޭގައި ފީނުމުގެ މަސައްކަތް އަދިވެސް ކުރިޔަށްދާ ކަމަށެވެ.

އަދި މަތިވެރީގެ ހުރިހާ ސަރަހައްދަކާއި ގޭބިސީ ތަކާއި ފަޅުގޯތިތައްވެސް ހަސަންފުޅު ފެނޭތޯ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެތަންތައް އަދިވެސް ފުލުހުން އަންނަނީ އިތުރަށް ބަލަމުންނެވެ.

ފުލުހުންނާއި މަތިވެރީގެ ރައްޔިތުން ނިކުމެ ހަސަންފުޅުގެ ހިލަމެއްވޭތޯ އެކިތަންތައް ބަލާ ހޯދަމުންދާތާ މިހާރު ވަނީ 3 ދުވަސްވެފައެވެ.

އުމުރުން 72 އަހަރުގެ ހަސަން އަލީ އެންމެ ފަހުން ފެނިފައި ވަނީ 31 ވަނަ ދުވަހުގެ މަޣްރިބް ނަމާދު ވަގުތުއެވެ. އޭނާގެ އާއިލާއިން އޭނާ ގެއްލުނުކަމަށް ކައުންސިލް އޮފީހަށް އެންގީ ޖެހިގެން އައި ދުވަސް (1 ފެބުރުއަރީ) ގެ  ހެނދުނުވެސް ގެއަށް ނާންނާތީއެވެ.

އޭނާ ގެއްލިގެން ހޯދަމުން އަންނަ އިރު އޭނާގެ އެއްބަނޑު ދައްތަ އަކާއި، ދިހަ ދަރިން ދުނިޔޭގައި އެބަތިއްބެވެ. ރަށުގެ އެންމެންވެސް އޭނާއާއި މުހާތަބު ކުރަނީ ހަސަންފުޅުބެ ގެ ނަމުންނެވެ.

ހަސަންފުޅުބެއަކީ މީހުންނަށް ހެޔޮ، ރަށުގެ ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވާ އަދި އަމިއްލަ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރަށުގެ ކަންކަން ކުރާ މީީހެއް ގޮތުގައި އެރަށު މީހުން ސިފަކުރެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *