އުމަރު 2023 ރިޔާސީ ކެމްޕޭން ލޯންޗް ކުރުމަށް ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގެތެރެއިން - ފޮޓޯ: ސަން

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ކެމްޕޭން ލޯންޗުކޮށްފިއެވެ.

2018ގަވެސް ރިޔާސީ އިންތިހާބަށް ނިކުންނަވާ ނާކާމިޔާބާ ކުރިމަތިލެއްވި އުމަރު ނަސީރު 2023 ގެ ރިޔާސީ އިންތިހާބަށް ނިކުންނެވުމުގެ ގޮތުން، ރޭ ސަލްޓަންޕާކުގައި  ވަނީ 'އާ މިސްރާބަކަށް' މި ނަމުގައި ބޭއްވި ޖަލްސާއެއް ބާއްވާފައެވެ.  މި ޖަލްސާގައި އުމަރު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އޭނާ ހުށަހަޅާ  ރިޔާސީ ވައުދުތައް  ހާމަކުރައްވާފައެވެ.

އުމަރުގެ ބައެއް ރިޔާސީ ވައުދުތައް:

 • ކޮރަޕްޝަން ނައްތާލުން.
 • އިސްލާމީ ޝަރީއަތް ގާއިމު ކުރުން.
 • އެކުއަ ކަލްޗާއަށް އަހަރަކު 200 މިލިއަނުގެ ބަޖެޓެއް ކަނޑައެޅުން.
 • މިފްކޯ ޕްރައިވަޓައިޒްކޮށް ސަރުކާރުން މަސްވިއްކުމުގައި ބައިވެރިނުވުން.
 • ފަތުރުވެރިކަމުގެ މެޖޯރިޓީ ހިއްސާ ދިވެހިންނަށް ބަދަލުކުރުން.
 • އެންމެ އުތުރުގައި ސަރުކާރު ކުންފުންޏެއްގެ ޓްރާންސްޝިޕްމެންޓް ބަނދަރެއް  ގާއިމުކުރުން.
 • އައްޑޫގައި ފްރީ ޓްރޭޑް ޕޯޓެއް ހެދުން.
 • ޓެކްސްތައް ކުޑަކުރުން.
 • އިންކަމް ޓެކްސްގެ ބަދަލުގައި މުދަލު ޒަކާތް ނެގުން.
 • ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒް ކުރުން.
 • ދައުލަތުގެ ތެރޭގައި އިސްލާމްދީން އަދާކުރާ ރޯލް ފުޅާކުރުން.
 • ސިޔާސީ ޕާޓީތައް ހިންގާ ގޮތުގެ ޤާނޫނު ބަދަލުކުރުން.
 • އިސްލާމީ ޝަރީއަތުގައި މިންގަނޑަށް ފެތޭ ގޮތަށް ހިޔާލުފާޅުކުރުމުގެ ހައްގު ހިފެހެއްޓުން.
 • ނޫސްވެރިން ދޮގު ނަހަދާ ބައެއް ކަމަށް ހުވާކޮށްގެން ނޫސްވެރިކަން ކުރުން.
 • މަޖިލީސް މެންބަރުންގެ އަދަދު 50 އަށް ބަދަލުކޮށް ރީ ކޯލް ވޯޓް ތައާރަފް ކުރުން.
 • ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމަށް ފޮނުވާލުން.
 • ސްކޫލު ނިންމާ ކޮންމެ ދަރިވަރަކީ ސިފައިންގެއަށް އެއް އަހަރު ހިދުމަތް ކުރާ ކުއްޖަކަށް ހެދުމާއި ނޭޝަނަލް ސާވިސް ތައާރަފްކުރުން.
 • މާލެ ސިޓީ ކައުންސިލް އުވާލާ ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމު އުފެއްދުން.
 • ކުޑަ އާބާދީތައް އޮންނަ ރަށްރަށުން މީހުން މާލެއަށް ނުވަތަ ބޮޑެތި ރަށްރަށަށް ބަދަލުވުމުގެ ފުރުސަތު ދީ ރަށުގައި ހުރި ގެ ގެސްޓްހައުސްއަށް ނުވަތަ އެހެން ވިޔަފާރިއަކަށް ހެދުމަށް ފުރުސަތު ދިނުން.

އުމަރު ވިދާޅުވީ އޭނާ ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވީ ރާއްޖޭގެ ރައްޔިތުން އައު މިސްރާބަކަށް ގެންދިއުމަށް ކަމަށެވެ.

އުމަރުގެ އައު މިސްރާބަކީ 2045 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު 2023 ރިޔާސީ ކެމްޕޭން ލޯންޗް ކުރުމަށް ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގެތެރެއިން - ފޮޓޯ: ސަން

އަދި އޭނާގެ ވެރިކަމެއްގައި އިޖްތިމާއީ ، އިގްތިސާދީ މައްސަލަތައް ހައްލުކޮށް އިގްތިސާދު ސިންދަފާދުކުރައްވައިގެން ދިގު މުއްދަތުގެ ތަރައްޤީގެ މަޝްރޫއުތައް ފެށޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ކަމަށް އުމަރު ވިދާޅުވިއެވެ.

އަދި ރައްޔިތުން ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއަށް ވެރިކަން ކުރަން ފުރުސަތުދިން ނަމަވެސް އެ ވެރިކަންތަކުން ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށާއި އެ ޕާޓީތައްވެސް ފެއިލްވެއްޖެ ކަމަށް އުމަރު ވިދާޅުވިއެވެ.

ރާއްޖެއަށް ތަރައްޤީގެ ދުވެލި ހަލުވިކުރެވިދާނެ ކަމަށް ފާހަގަކުރައްވާ ސިންގަޕޫރާއި ރާއްޖެއަށް މިނިވަންކަން ލިބުނީ އެއް ދުވަސްވަރެއްގައި އޭރު ރާއްޖޭގެ އިގްތިސާދު އޮތީ މާކުރީގައި ކަމަށް އުމަރު ވިދާޅުވިއެވެ.

ފުރަތަމަ ކަމަކީ ސިންގަޕޫރުގައި ޤާނޫނުތައް ތަންފީޒު ކުރޭ. ޤާނޫނުތަކާއި ދޭތެރޭ ކުޅޭ ކުޅޭ އެއް ނޯންނާނެ. ދެވަނަ ކަމަކީ ކޮރަޕްޝަން ފުނޑުފުނޑުކޮށްލާނެ، ދައުލަތުގެ ވެރިންނަށް ކޮރަޕްޓެއް ނުވެވޭނެ"

މީގެ އިތުރުން ސިންގަޕޫރުން މިސާލު ނަންގަވާ އުމަރު ވިދާޅުވީ ދައުލަތުން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ހަރަދުކުރަމުން ގެންދާނެ ކަމަށެވެ.

އޭގެ ބަދަލުގައި ރާއްޖެއިން ހަރަދުކުރަނީ ސިޔާސީ ގޮތުން ވޯޓު ހޯދަން ކަމަށާއި، ރަށްރަށުގެ ބިން ހިއްކާ ނިމިގެން 20 އަހަރުވާއިރުވެސް އެބިންތަކުގައި މަސައްކަތެއް ނުފެށޭ ކަމަށް އުމަރު ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *