ރައީސް ސޯލިހު ލަންކާގެ ރައީސާއެކު

ކުރިއަށް އޮތް ތަނުގައިވެސް ސްރީލަންކާ އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ދަމަހައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓުވީޓުގައި ރައީސް ވިދާޅުވީ ލަންކާއާއި ރާއްޖެއަކީ ވަރަށް ގާތް ގުޅުމެއް އޮތް ދެ ގައުމު ކަމަށެވެ.

ކުރިއަށް އޮތް ތަނުގައިވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.

ލަންކާގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރ ހުންނެވީ ލަންކާގައެވެ.

މިނިސްޓަރ ޝާހިދު ވަނީ މިއަދު  ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ލަންކާއަށް ވަޑައިގެންނެވީ ލަންކާ ޚާރިޖީ ވަޒީރުގެ ދައުވަތަކަށެވެ.

މިދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި މިނިސްޓަރ ޝާހިދު  ބައްދަލުކުރައްވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *