މޫސައާއި އޭނާގެ ދަރިން

12 އަނބިންނާއި 102 ދަރިންނާއެކު ފުދިއްޖެކަމަށާއި އިތުރު ދަރިއަކު ދެން ބޭނުންނުވާ ކަމަށް މޫސާ ހަސައްޔާ ކަސެރާ ބުނެފިއެވެ.

ޔުގަންޑާއަށް ނިސްބަތްވާ މޫސަގެ އުމުރުން މިހާރު 68 އަހަރެވެ.

އޭނާ ވަނީ އޭނާގެ 102 ދަރިންގެ ނަން އޭނާގެ ހަނދާނުގައިވެސް ނުހުންނަކަމަށް އިއުތިރާފްވެފައެވެ. އޭނާގެ 578 ކާފަދަރިން ތިބިއިރު އެކުދިންގެ ނަންތައްވެސް އޭނާގެ ހަނދާނުގައި ނުހުރެއެވެ.

މޫސައާއި އޭނާގެ ދަރިން

އެކުދިންނަކީ އުމުރުން 10 އަހަރާއި 50 އަހަރާއި ދެމެދުގެ ކުދިންނެވެ.

އޭނާގެ އެންމެ ހަގު އަނބިމީހާގެ އުމުރުން 35 އަހަރެވެ. އޭނާގެ ހުރިހާ އަނބިންވެސް މިހާރު އަންނަނީ ދަރިން ނުހޯދަން ބޭސް ކުރަމުންނެވެ.

އޭނާ އެންމެ ފުރަތަމަ މީހަކާއި އިނީ 1972 ވަނަ އަހަރު އޭނާގެ އުމުރުން 17 އަހަރުގައެވެ. ފުރަތަމަ ދަރި ލިބުނީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ.

އޭނާ ބުނާ ގޮތުގައި ގިނަ ދަރިން ތިބުން ފުރަތަމަ ވީ މަޖާކަމަކަށެވެ. އެހެންނަމަވެސް އެއާއެކު މިހާރު އެތައް މައްސަލައެއް ފެންމަތިވެފައިވާކަމަށް އޭނާ ބުނެއެވެ.

އޭނާގެ ސިއްހީ ހާލަތު ދަށްވުމާއި އަނބިންނާއި ދަރިން ގެންގުޅުމަށް އެކަށީގެންވާ ބިންކޮޅެއް ނެތި ބޭނުންވާ އަސާސީ ކަންކަންވެސް ފުރިހަމަކޮށްދެވެމުން ނުދާތީ ދެ އަންބަކު އޭނާ ދޫކޮށް ގޮސްފައިވާކަމަށްވެސް އޭނާ ބުނެއެވެ.

މޫސަގެ އާއިލާ ދިރިއުޅެމުން ދާ ސަރަހައްދަށް ފަތުރުވެރިންވެސް ޒިޔާރަތްކުރެއެވެ. އޭނާ އާއި އޭނާގެ އަނބިދަރިން ދެކިލުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *