މާލެ ކައިިރީ ތަރައްގީ ކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ޚައްސަކޮށްގެން މޯބައިލް އެޕްލިކޭޝަނެއް ތައަރަފް ކޮށްފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު އާއްމުންނަށް ހުޅުވާލަން ހަމަޖެހިފައިވާ ކުޑަގިރި އަށް ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައަރަފް ކުރީ، ކުޑަގިރީގެ ހިދުމަތްތައް ވީހާ ވެސް ލުއި ފަސޭހަ ގޮތަކަށް ދިނުމަށް ކަމަށް ހައުސިންގް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، ކުޑަގިރި އެޕް ޑައުންލޯޑް ކުރުމުން، އެ އެރަށާއި ގުޅޭ އެންމެ ފަހުގެ މަޢޫލޫމާތު ލިބިލޭނެ ކަމަށެވެ.

ބުކިންގްއަށް ހުޅުވާލެވިފައި ނުވި ނަމަވެސް، އެ އެޕް ޑައުންލޯޑްކޮށް އަވަހަށް ރަޖިސްޓްރީ ކުރުމަށްފަހު އެ އެޕްލިކޭޝަން މެދުވެރިކޮށް ކުޑަގިރި އާ ބެހޭ އެންމެ ފަހުގެ މަޢޫލޫމާތު ހޯދުމަށް ނޮޓީފިކޭޝަން އޮންކޮށްލެވޭނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ކަންކަންވެސް އެޗްޑީސީން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން، މިތަނުގައި ފާހަނާބަރި، ޗޭންޖިންގ ރޫމާއި ނާސިންގް ރޫމްވެސް ވަނީ ގާއިމުކޮށްފައެވެ. މި ނާސިންގް ރޫމް ގާއިމްކުރެވިފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތަކާއިއެކުއެވެ.

މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *