މިދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާ އިން ހިއްސާއަކަށް 3.04ރ. ބަހަން އެކުންފުނީގެ ޑިރެކްޓަރުން ބޯޑުން ނިންމައިފި އެވެ.
މި އަދަދު ކަނޑައަޅާފައިވަނީ ރޭ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައެވެ.
އުރީދޫގެ 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހީ 2.70ރ. އެވެ.
މި ބައްދަލުވުމުގައި ނިންމީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް ހިއްސާ ބެހުމަށެވެ. އެގޮތުން، އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެ ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެކަމަށް އުރީދޫއިން ބުނެއެވެ.
ބައްދަލުވުމުގައި އުރީދޫގެ ބޯޑުން ވަނީ އެކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ވެސް ފާސްކޮށްފައެވެ.
އުރީދޫގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުއާޓަރުގައި 500 މިލިއަން ރުފިޔާގެ އާމްދަނީއެއް ކުންފުންޏަށް ލިބުނެވެ. ފަހު ކުއާޓަރުގެ ހަރަދު އަދި ޓެކްސަށްފަހު ލިބުނު ފައިދާ 143 މިލިއަން ރުފިޔާއަށް އަރަ އެވެ.
އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ މާޗު މަހު ބާއްވަން އެ ކުންފުނިން ވަނީ ތާވަލުކޮށްފައެވެ.