އިދިކޮޅު ކޯލިޝަން ކަމަށްވާ ޕީޕީއެމް އަދި ޕީއެންސީގެ "ހޯޕް"  ކޮންފަރެންސް ފަށައިފިއެވެ.

އެ ކޮންފަރެންސް އަކީ އިދިކޮޅު  ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެޕްމެއިން ރަސްމީކޮށް ފެށުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މީޑިއާތަކަށް  މައުލޫމާތު ދެމުން ޕީޕީއެމް އިން ބުނީ، ފަށާފައިވަނީ 900 އަށްވުރެ ގިނަ މަންދޫބުންނާ އެކުގައި ކަމަށެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ކުރުމަށް ހަމަޖެހިފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކާއި ދަތުރުތައް ކުރިއަށް ގެންދާނެ ގޮތް ރޭވުމެވެ.

އެކޮންފަރެންސްގެ ތެރެއިން "ބުންވަރު"ގެ ނަމުގައި ހާއްސަ ހިނގާލުމެއް މާދަމާ ހަވީރު ބާއްވަން ހަމަޖެހިފައިވާ ކަމަށްވެސް ޕީޕީއެމުން މައުލޫމާތު ދެއެވެ.  މީގެއިތުރުން، ދުއްޕާން" ނަމުގައި ބޮޑު ޖަލްސާއެއް ވެސް ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

ހޯޕް ކޮންފަރެންސް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ފަށައިދީފައިވާއިރު، އެ ރަސްމިއްޔާތުގައި ވަނީ، ޕީޕީއެމް ޕީއެންސީގެ ދާއިރާތަކުގެ ރައީސުންނާއި، ނާއިބު ރައީސުންނާއި، ޒުވާނުންގެ ރައީސުންނާއި އަންހެނުންގެ ދާއިރާތަކުގެ ރައީސުންނާއި، ސެނެޓަރުން ބައިވެރިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *