އިސްލާހްކުރުމަށް ފަހުވިނަރެސް ފްލެޓް ލިބުނު މީހުންގެ ނަންތައްއިއުލާން ކޮށްފިއެވެ.
ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނީ، ވިނަރެސް ފްލެޓް ލިބުނު މީހުންގެ ނަންތައް އިއުލާން ކުރި ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރއިން އިސްލާހްކޮށްފައިވާ ލިސްޓް އާއްމު ކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، ސީލައިފް، ޚިޔާ، އަދި ގުޅިފަޅު ކެޓެގަރީގެ އެއްވެސް ފަރާތެއް މިއަދު އާއްމުކުރި އިސްލާހްކޮށްފައިވާ ލިސްޓްގައި ނުހިމެނޭ ކަންވެސް އެޗްޑީސީން ފާހަގަކުރިއެވެ.
ވިނަރެސް ހައުސިންގ މަޝްރޫއިން އެޕާރޓްމަންޓް ގަތުމުގެ ދެން ކުރިއަށް އޮތް މަރުހަލާއަކި، އާންމު އުސޫލުގެ ދަށުން އަލަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ މާލީ ގާބިލިއްޔަތުކަން ބެލުމަށް ބޭނުންވާ ލިޔެކިޔުންތައް ހާމަކުރުމުގެ މަރުހަލާކަމަށް ވެސް އެޗްޑީސީގެ އިއުލާންގައި ބުނެފައިވެއެވެ. މި މަރުހަލާ ފުރިހަމަވުމުން ބުކިންގ ނެގުމާއި ވިނަރަސް އެޕޓްމެންޓު އިހްތިޔާރު ކުރުމުގެ ކަންތައް އެޗްޑީސީ އިން ކުރިއަށް ގެންދާނެއެވެ.
މީގެއިތުރުން، އިސްލާހްކުރި ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި-އެޕްލިކަންޓް އދި ކޯ-އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށްދެވެނީ އެންމެ ފޯމަކާއި އެކުގައި ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.
އެޗްޑީސީ އިން އިތުރަށް ބުނެފައިވަނީ، ދެމަފިރިން ވަކިން ފޯމު ހުށާހަޅާފައި ވީނަމަވެސް، އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމަށާއި، އެ ފަރާތްތަކަށް މިކަން ހައްލުކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.