ކަރަން ޖޯހަރުގެ "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ލީޑްރޯލުން ފެނިގެންދާ އާލިއާ ބަޓް އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 28 ގައި ކަމަށް ބުނެފައެވެ.
ކަރަން ކަރަންބުނެފައިވަނީ އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް28ގައި ކަމަށެވެ. އެހެންނަމަވެސް މިހާރު މިވަނީ ފިލްމު ރިލީޒްކުރުން ޖުލައި އަށް ލަސްކޮށްފައެވެ. ލަސްކުރީ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި ހާމައެއް ނުކުރެއެވެ.
ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ އަކީ 7 އަހަރުގެ މެދުކެނޑުމަކަށް ފަހު ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. ކަރަން ވަނީ މީގެކުރިން އިންޓަވިއުތަކުގައި އެ ފިލްމާއި ދޭތެރޭ ފޮނި އުންމީދުތަކެއް ކުރާ ކަން ފާހަގަކޮށްފައެވެ.
އެ ފިލްމުގެ ލީޑްރޯލުން އާލިއާ އާއިއެކުން ފެނިގެންދާނީ ރަންވީރު ސިންގުއެވެ.