ބޮލީވުޑްގެ ޒުވާން ބަތަލް ކާތިކް އާރުޔަން، ސަލްމާން ހާން  އަށް ޓްރިބިއުޓެއް ދީފިއެވެ.

ސަލްމާން އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ކާތިކް ވަނީ އޭނާގެ  ފިލްމު "ޝެހްޒާދާ"ގައި ސަލްމާންގެ ލަވައެއް ކަމަށްވާ  "ކެރެކްޓަރ  ޑީލަރ" ގެ ރިމޭކެއް ހިމަނާފައެވެ.

އެގޮތުން، ކާތިކް ބުނީ އޭނާ ބޮޑުވީ ޝާހްރުކްހާން، ސަލްމާން  އަދި އާމިރު ހާންގެ ފިލްމުތައް ބަލައިގެން ކަމަށެވެ. އެމީހުންނަކީ އޭނާ ނަމޫނާއަކަށް ބަލާ މީހުންކަން ވެސް ފާހަގަކުރި އެވެ.

ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުގައި ކާތިކް އަދި  "ޝެހްޒާދާ"ގެ ޑައިރެކްޓަރ ރޯހިތު ދަވަން ގަބޫލުކުރާ ގޮތުގައި  އެ ފިލްމަކީ 2011 ވަނަ އަހަރު ރިލީޒްކުރި ސަލްމާންގެ "ރެޑީ"  ފަދަ އާއިލާއާއި އެކު ބަލާލެވޭނެ ކަހަލަ ކޮމެޑީ ފިލްމެކެވެ.  އެހެންކަމުން ސަލްމާން އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ފިލްމު  ރެޑީގެ "ކެރެކްޓަރ ޑީލަރ" ލަވައިގެ ރީމެކެއް ކުޅުމަށް ނިންމިއެވެ.

ކާތިކްގެ އިތުރުން ބަތަލާ ކްރިތީ ސެނަން ލީޑުން ފެންނަ  "ޝެހްޒާދާ" ރިލީޒްކުރުމަށް ހަމެޖެހިފައިވަނީ މިމަހުގެ 17ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *