ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސްރީލަންކާއަށް ވަޑައިގެންފިއެވެ.
ޝާހިދު ލަންކާއަށް ވަޑައިގެންފައިމިވަނީ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިއީ އެގައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީގެ ދައުވަތަކަށް މިނިސްޓަރ ކުރައްވާ ދަތުރުފުޅެކެވެ.
Foreign Minister @abdulla_shahid arrives in #SriLanka, on the invitation of FM of Sri Lanka, @alisabrypc. Minister Shahid will call on the President of Sri Lanka @RW_UNP, PM of Sri Lanka @DCRGunawardena & hold bilateral talks with the FM of Sri Lanka. pic.twitter.com/wvBbRhS77T
— Ministry of Foreign Affairs 🇲🇻 (@MoFAmv) February 2, 2023
މި ދަތުރުފުޅުގައި އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައާއި ބައެއް އިސް ވަޒީރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައި އެ ގައުމުގައި އުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.