އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް މިއަދު އެމްޑީޕީ އަށް ސޮއި ކުރައްވައިފި އެވެ.
ފައިސަލްގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްއެވެ.
މާލޭގައި ފޯމު ހަވާލުކުރުމަށް ބޭއްވި މި ބައްދަވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފައިސަލް އެމްޑީޕީ އަށް ސޮއިކުރެއްވުމާއެކު އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އަލުން އެމްޑީޕީއަށް މިވަނީ ލިބިފައެވެ.
މޭޔަރު ހިމެނޭ ގޮތަށް އައްޑޫ ސިޓީ ކައުންސިލްގައި 13 މެމްބަރުން ތިއްބަވާއިރު، ކުރިން އެ ކައުންސިލްގައި އެމްޑީޕީ އަށް ލިބުނީ މޭޔަރު އަލީ ނިޒާރު ހިމެނޭ ގޮތަށް ހަތް ގޮނޑި އެވެ. އަދި އާންމު އުސޫލުން ކައުންސިލްގައި މޭޔަރަށް ވޯޓު ނުދެވޭނެތީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ނޯވެއެވެ.
ފައިސަލް އެމްޑީޕީ އަށް މިއަދު ސޮއި ކުރެއްވުމާ އެކު، އެމްޑީޕީގެ މެންބަރުންގެ އަދަދު އިތުރުވެ، އެ ކައުންސިލްގެ ސާފު އަގުލަބިއްޔަތު އެމްޑީޕީ އަށް މި ވަނީ ލިބިފައެވެ.
ފައިސަލް އެމްޑީޕީއާއި ގުޅިވަޑައިގަތުމުން އޭނާއަށް މަރްޚަބާ ވިދާޅުވެ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދާއިރާއަށް ގެނެސްދެއްވާ ކުރިއެރުމާއި ތަރައްގީ ބަލައިގަނެ، ކައުންސިލަރުން އެމްޑީޕީ އާއި ގުޅެމުންދާ ކަމަށެވެ.
ވިދާޅުވަނީ ރައީސް ސޯލިހް ފަދަ ވެރިއެއް ނުދެކޭ ކަމަށް"
Dhaairaa ah genesdhey kurierumaai tharaggee balai gane, councilors in Dhanee MDP aai gulhemun! Vidhaalhuvanee Raees Solih fadha verieh nudhekey kamah…
Maruhabaa Councilor Faisal 👏👏👏
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 2, 2023