ޝިޕިން ދާއިރާއަށް ސްކޫލް ކުދިން ޝައުގުވެރިކުރުވުމަށްޓަކައި މަދަރުސީ ދައުރުން ފެށިގެން ދަރިވަރުންނަށް މިފަދަ ކަންކަމާއި ގުޅޭ މަޢުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ، ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު 'އެމްވީ ގެލީނާ' އަށް ވަޑައިންނަވާ ބޯޓުގެ އޮންބޯޑުގެ މަސައްކަތްތައް ހިނގާ ނުހިގާގޮތް ބައްލަވާލެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ނަހުލާގެ ވާހަކަފުޅުގައި ވަނީ، އެފަދަ ދިވެހިންގެ އަމިއްލަ ވަސީލަތްތައް އޮތުމުގެ ބޭނުންތެރިކަމާއި، ބޭނުންކުރުމާއި އަދި ޚިދުމަތްތަކުގައި ވީހާވެސް ގިނަ ދިވެހިން ތިބުމުގެ މުހިންމު ކަން ފާހަގަކުރައްވައިފައެވެ. މީގެއިތުރުން، މިނިސްޓަރ އިތުރަށް ވިދާޅުވީ މިކަމުގައި ދިވެހި ޒުވާނުން ބިނާކޮށް ބައިވެރިކުރުމަށްޓަކައި މިނިސްޓްރީން ދެވެން އޮތް އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަމަށެވެ.

މިނިސްޓަރ ނަހުލާ ވަނީ އެ ބޯޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި އަދި އިސްވެރިނާއި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި، މިނިސްޓްރީގެ އިސްވެރިންނާއި އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން އަބްދުﷲ ސަޢީދާއި އެމްއެސްއެސްގެ އިސްވެރިންނާއި އެމްޕީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްވީ ގެލީނާ އަކީ އިންޑިޔާއާއި ލަންކާއާއި ރާއްޖެއާ ދެމެދު މުދާ އުފުލުމަށް ބޭނުންކުރާ 680 ކޮންޓެއިނަރުގެ ބޯޓެކެވެ. މިބޯޓަކީ އެމްއެސްއެސްގެ އަމިއްލަ ބޯޓެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *