ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން / ފޮޓޯ: ދައުރު

އެޗްޑީސީން އާންމުކޮށްފައިވާ އުސޫލާއި ހިލާފަށް އިޝްތިހާރާއި ބެނާފަދަ ތަކެތި ޖަހާނަމަ އެތަކެތި ނަގާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި އިސްތިހާރު ޖެހުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ބެނާ ޖެހުމަށް އުސޫލެއް ކަނޑައެޅުމަށްފަހު ވަނީ އެ އުސޫލު އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައި އާންމުކުރެވިފައިވާނެ ކަމަށެވެ.

ހުޅުމާލޭގައި އެޗްޑީސީގެ އުސޫލާ ހިލާފަށް އެ ކޯޕަރޭޝަނުގެ ހުއްދަ އަކާއި ނުލައި ޖަހާފައިވާ މިފަދަތަކެތި ކޯޕަރޭޝަނުން ނަގަމުން ގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން ކޮންމެ ފަރާތަކުންވެސް މި ކޯޕަރޭޝަނުން ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ހުއްދައަށް އެދުމުން އޮންނަ އުސޫލުގެތެރެއިން ހުއްދަ ދެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *