އީފާސް ނިޒާމުގެ އައު ވެބް ވަރޝަނެއް ތައާރަފްކޮށް އޮންލައިންކޮށް، އީފާސް ވެރިފައިކުރެވޭ ގޮތަށް ހަދައިފިއެވެ.

ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމް، އީފާހަކީ ސަރުކާރާއި ދައުލަތުގެ ބައެއް މުވައްސަސާތަކުންއޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދޭ  ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ.

ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ޑިވެލޮޕްކޮށް، ބަލަހައްޓަމުންދާ އީފާސްގެ އޮންލައިން ވެރިފިކޭޝަންގެ ހިދުމަތް ތައާރަފު ކުރުމުގެ ކުރިން، އީފާސް ވެރިފައިކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަމުން އައީ، ވެރިފައިކުރުމުގެ ހިދުމަތްދޭ ސަރުކާރުގެ އިދާރާތަކުގެ ކައުންޓަރުތަކަށް ހާޒިރުވެގެން ނެވެ.

އަލަށް މި ތައާރަފުކުރި ވެބް ވާރޝަން އިން ފޭސް ރެކޮގްނިޝަން ޓެކްނޯލޮޖީ މެދުވެރިކޮށް ކޮންމެ ތާކު، ކޮންމެ ވަގުތެއްގައިވެސް އަމިއްލައަށް އީފާސް ވެރިފައި ކުރެވޭނެ މަގު މިހާރުވަނީ ތަނަވަސްވެފައެވެ. އީފާސް ވެރިފައިކުރުމުން، އީފާސް ނިސްބަތްވާ މީހާގެ އީފާސް ކަން ކަށަވަރު ކުރެ ވެއެވެ.

އަދި އޮންލައިންކޮށް ހިދުމަތްދޭ ފަރާތްތަކަށް، ހިދުމަތް ދެވެނީ ސައްހަ މީހާއަށްކަން ދެނެގަނެވޭނެ ކަމަށް އެންއައިސީޓީ އިން ބުނެއެވެ.

​​މިއަދު މިގެނެވުނު ބަދަލާއި އެކު، އީފާސްގެ ވެބް އެޕް ވަނީ އިތުރަށް ތަރައްޤީކުރެވިފަ. މި ވެބް އެޕް މެދުވެރިކޮށް އީފާސް ވެރިފައިކުރުމުގެ ހިދުމަތް ތައާރަފު ކުރުމުގެ އިތުރުން، އީފާސް ބޭނުން ކުރެވެމުން ދާގޮތުގެ މައުލޫމާތު ފަސޭހައިން ބަލާލެވޭނެ ގޮތަށް ވަނީ ފަރުމާ ކޮ ށްފަ."

މީގެ ތެރޭގައި އީފާސް ބޭނުން ކޮށްގެން ލޮގިން ކޮށްފައިވާ ޕޯޓަލްތަކާއި، އެޕޯޓަލްތަކާއި ހިއްސާކޮށްފައިވާ ޒާތީ މައުލޫމާތު ހިމެނެއެވެ.

އަދި އެމީހެއްގެ އީފާސް ބޭނުންކޮށްގެން ކުރާ ކޮންމެ ކަމެއްގެ މައުލޫމާތު މި ވެބް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ސަރުކާރާއި ދައުލަތުގެ އޮންލައިން 61 ޕޯޓަލެއް މެދުވެރިކޮށް ފޯރުކޮށްދޭ 460 އަށްވުރެ ގިނަ ހިދުމަތް ލިބިގަތުމަށް 137 ހާހަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދެއެވެ.

2022 ގައި އީފާސްގެނިޒާމް މެދުވެރިކޮށް 5.1 މިލިއަން ފަހަރު، އެކިއެކި ހިދުމަތްތައް ހޯދުމަށް ވަނީ ބޭނުންކޮށްފައެވެ. އީފާސް އަކީ 2012 އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޯލޮޖީ އިން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ.

​​އީފާސް ވެރިފައިކުރުމަށް ބޭނުންވާ ފަރާތްތަކުން efaas.egov.mv އަށް ލޮގިން ކޮށްގެން ފަސޭހަކަމާއި އެކު ވެރިފައި ކުރެވޭނެއެވެ. އަދި މިކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެން.ސީ.އައި.ޓީގެ ހެލްޕް ޑެސްކް 3345050 އަށް ރަސްމީގަޑީގައި ގުޅުވުމުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *