އއ. މަތިވެރިން މީހަކު ގެއްލުގެން ހޯދަން ފަށަފިއެވެ.
މަތިވެރީން ގެއްލިގެން ހޯދަނީ އެރަށު ރިވެލި، ހަސަން އަލީ (މަތިވެރީ ހަސަންފުޅު) އެވެ.
އުމުރުން 72 އަހަރުގެ ހަސަން އަލީ އެންމެ ފަހުން ފެނިފައި ވަނީ ރޭ މަޣްރިބް ނަމާދަށް ފަހުއެވެ.
ގެއްލުނު މީހާ ހޯދުމަށް މަތިވެރީ ކައުންސިލުން ވަނީ ސޯޝަލް މީޑިއާގައި އިއުލާންކޮއްފައެވެ.
އޭނާ ހޯދުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާއިރު ރަށުގެ އެކި ސަރަހައްދުތަކާއި މޫދުގެ އިތުރުން ކައިރި ރަށްތައްވެސް ވަނީ ބަލާފައެވެ.
މި މިހާގެ އެއްވެސް ޚަބަރެއް ވެއްޖެނަމަ، މަތިވެރީ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް(9935353) މަތިވެރި ކައުންސިލްގެ އިދާރާ (6660058) އަށް ގުޅާ މަޢުލޫމާތު ޙިއްސާކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.