އެސްޓީއޯ މަކިޓާ އަދި ނިޕޯން ރަމަޟާން ބާޒާރު މިއަދު ފަށައިފި އެވެ.

މަކިޓާ ޝޯރޫމުގައި މިއަދު ބޭއްވި ހަފުލާއެއްގައި ޕޮރޮމޯޝަން ފައްޓަވައިދެއްވީ ޖެނެރަލް މެނޭޖަރު، އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މުހައްމަދު އީމާނެވެ.

މިއަދުން ފެށިގެން އޭޕްރިލް 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މަކިޓާ އަދި ނިޕޯން ރަމަޟާން ބާޒާރުގެ ކޮންމެ ބައެއްގައިވެސް ލަކީޑްރޯއެއް ކުރިއަށްދާނެ އެވެ.

އެގޮތުން ލަކީޑްރޯގައި ބައިވެރިވުމަށް މަކިޓާ ޝޯރޫމާއި ނިޕޯން ޝޯރޫމުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

ކޮންމެ ބާޒާރަކުންވެސް އެއްވަނައަށް ހޮވޭ މީހަކަށް ހުށަހަޅާފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން 20،000 ރުފިޔާގެ އަގުހުރި މުދަލެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރަމަޟާން ބާޒާރު ފަށާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *