އީރާނުގައި ނަށާ ވީޑިއޯއެއް ވައިރަލް ވެގެން ދެމީހެއްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

އީރާނުގެ ކޯޓަކުން، އެދެމީީހުންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކުރީ، އިރާނުގެ ތެހްރާންގެ ސިމްބަލް ކުރިމަތީގައި ނެށުމަށް ފަހު އެ ވީޑިއޯ އިންޓަނެޓަށް އަޕްލޯޑް ކުރުމުންނެވެ.

އަސްތިޔާޒު ހަޖީޖީ އަދި އޭނާ އިންނަން އުޅޭ އާމިރު މުހައްމަދު އަހުމަދީ އަކީ އުމުރުން 20 އަހަރުގެ ދެމީހުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމީހުންނަށް ހުކުމްކުރީ އަޒާދީ ޓަވަރު ކައިރީ ވަރަށް ގައިގޯޅިކޮށް ނެށުމުންނެވެ.

އަސްތިޔާޒު ނަށާފައިވަނީ ބުރުގާ ވެސް ނާޅައެވެ. އީރާންގައި އަންހެނުން ބުރުގާ އަޅައިގެން ވެސް ނާޅައި  ވެސް އާއްމު ތަނެއްގައި ނެށުމަކީ މަނާ ކަމަކެވެ. ފިރެހެނަކާ  އެކީ ވެސް ނެށުމަކީ މަނާ ކަމެކެވެ.

އެމީހުންނަށް ވަނީ 10 އަހަރާއި 6 މަހުގެ ޖަލު ހުކުމެއް  ކުރުމުގެ އިތުރުން އިންޓަނެޓް ބޭނުންކުރުން މަނާކޮށް، އިރާން އިން ފުރައިގެން ދިޔުމަށް އަމުރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *