ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކަނޑައަޅާފައި އޮތް ޑޮލަރު ލިމިޓު އުވާލައިފިއެވެ.
ބީއެމްއެލްއިން ބުނީ ހ. މެރިން ޑްރީމް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާ މުއި ގައި ގާއިމްކޮށްފައިވާ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600 ޑޮލަރު ނެގޭނެ ކަމަށެވެ.
މީގެ ކުރިން ކަނޑައަޅާފައި އޮތް ލިމިޓުން ބީއެމްއެލް ޔޫއެސް ޑޮލަރު އެކައުންޓްތަކުން ނެގެނީ މަހެއްގެ މައްޗަށް 2000 ޑޮލަރެވެ.
މީގެ އިތުރުން ޔޫއެސް ޑޮލަރު އެކައުންޓްތަކުން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރގެ ހިދުމަތްވެސް ލިބޭނެއެވެ.
ޔޫއެސް ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭ ގޮތަށްވެސް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.