ޑޮކްޓަރަށް ހަމަލާދިން ގުރާ

ޑޮކްޓަރަކަށް މަކާއޯއެއް ހަމަލާދިނުމުން މަކާއޯގެ ވެރިމީހާ ޖޫރިމަނާކޮށް ޖަލަށް ލައިފިއެވެ.

މަކާއޯގެ ވެރިމީހާ ޖޫރިމަނާކޮށްފައި ވަނީ 91،000 ޑޮލަރުން ނެވެ.  އަދި ދެ މަސް ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.  މަކާއޯގެ ވެރިމީހާއަކީ ޓައިވާން މީހެކެވެ.

މަކާއޯ ޑޮކްޓަރަށް ހަމަލާ ދިނުމުން ޑޮކްޓަރުގެ އުނަގަނޑުގެ ކަށިތަކަށާއި ހުޅުތަކަށް ގެއްލުންވެފައިވެ އެވެ. ޑޮކްޓަރަށް އަނިޔާވީ އޭނާއަށް ނޭނގި މަކާއޯ ގޮސް ޑޮކްޓަރުގެ ބުރަކަށީގައި ޖައްސައި ފިޔަގަނޑު ތަޅަން ފެށުމުން ޑޮކްޓަރުގެ ކޮންޓްރޯލް ގެއްލި ވެއްޓުމުންނެވެ.

ޑޮކްޓަރު ކޯޓުގައި ދައުވާކުރީ މަކާއޯގެ ވެރިމީހާގެ ފަރުވާ ކުޑަކަމުން ދިމާވި ކަންކަމުގެ ސަބަބުން ޑޮކްޓަރު ކުރިމަތިލާންޖެހުނު ކަންކަމުގެ ސަބަބުންނެވެ.

ޑޮކްޓަރަށް ލިބުނު އަނިޔާގެ ސަބަބުން ހަފްތާއެއް ވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހި ހަ މަސް ވަންދެން އޭނާއަށް ޚާއްސަ އަޅައިލުން ބޭނުންވެފައިވެއެވެ. އަދި އަހަރު ދުވަސްވަންދެން ވަޒީފާ އަދާނުކުރެވިފައި ހުންނަން ޖެހުނެވެ.

މައްސަލަ ބެލި ކޯޓުން ވަނީ މިއީ މިފަދަ މައްސަލައެއް ފާއިތުވި ދިހަ އަހަރުތެރޭ ވެސް ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރުކަން ފާހަގަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *