މާލޭ މަގު މަތީގައި މީހުންތައް ހަރަކާތްތެރި ވަނީ - ފޮޓޯ: މިހާރު

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށް ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)އިން ދައްކައިފިއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އާންމުކުރާ ސީޕީއައިއިން ދައްކާ ގޮތުގައި ރާއްޖެ އޮތީ ކޮރަޕްޝަން އިންޑެކްސްގެ 85 ވަނައިގައެވެ. 2021 ވަނަ އަހަރުވެސް ރާއްޖެ އޮތީ 85 ވަނައިގައެވެ.

ރާއްޖެއާއި ގުޅޭގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ކޮރަޕްޝަންގެ ކަންކަން ހައްލުކުރުމަށް އެދެވޭ މަސައްކތެއް ނުކުރާކަން ފާހަގަކޮށްފައިވެއެވެ.

އެކަމަށް ބޭނުންވާ ގާނޫނުތައް ހެދިފައިވީނަމަވެސް ތަންފީޒުކުރެވެމުންނުދާކަން އިންޑެކްސްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މަގާމުތަކުގައި ތިބޭ މީހުންނާއި ސިޔާސީ މީހުން ޒިންމާދާރުނުކުރެވޭކަން ފާހަގަކޮށްފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ އެއް ވައުދުގެ ގޮތުގައި "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *