ނިޔާވި ޒުވާނާ

ނިޝާހަކީ އިންސާނިޔަތުކަމުގެ ލާމަސީލު ނަމޫނާއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރައްވައިފިއެވެ.

ނިޝާހު ނިޔާވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސް ވަނީ ނިޝާހަކީ އިންސާނިއްޔަތުކަމާއި ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާއެއްކަން ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ ނިޝާހަކީ ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއްކަން ފާހަގަކުރައްވައި އެ މަރުޙޫމްގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް ދުއާކުރައްވާފައެވެ.

ނިޝާހު ނިޔާވެފައިވަނީ އޭނާ މަސައްކަތްކުރާ މާފުށިވަރު ރިސޯޓު ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށެވެ.

އޭނާއަށް ވަނީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ލިބިފައެވެ.  އޭނާއަށް މިއިިނާމު ލިބުނީ 2018 ވަނަ އަހަރު އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖެއްގެ ފުރާނަ ސަލާމަތްކުރުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *