ރައީސް ސޯލިހާއި، އެމްއާރްއެމްގެ ރައީސް، ރައީސް މައުމޫން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރާނެކަމަށް ބުނާ ޚަބަރު ދޮގުކޮށްފިއެވެ.

"ދެންމެ" ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރުގައިވާ ގޮތުން 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްއާރުއެމުން ރައީސް ސޯލިހަށް ތާއީދު ކުރީ ޝަރުއީ ނިޒާމް ހަރުދަނާކޮށް ކޮރަޕްޝަނާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވައުދުވުމުން ކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުން ވައުދުތައް ފުއްދާފައި ނުވާކަމަށް އެމްއާރްއެމްއިން ބުނެފައިވާކަމަށް ހަބަރުގައިވެއެވެ.

އަދި އެޕާޓީން ގަބޫލުކުރާ ހަމަތަކަކާއި އުސޫލުތަކެއް ހުންނަ ކަމަށާއި ރައީސް ސޯލިހް ވައުދު އުވާލާ އުސޫލުތައް މުގުރާލާފައިވާ ކަމަށްވެސް އެމްއާރްއެމްއިން ބުނެފައިވާކަމަށް ހަބަރުގައިވެއެވެ.

އެހެންނަމަވެސް އެމްއާރްއެމްއިން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

"އެމްއާރްއެމްގެ ރަސްމީ ބަހެއް ނެތި، އެނޮނިމަސް ޓުވިޓަރ އެކައުންޓަކާ ހަވާލާދީ، ވަކި ކަމެއްގައި ޕާޓީގެ ސްޓޭންޑް ކަމަށް ބުނެ، މި ޕާޓީގެ މެންބަރުންނާއި އެހެނިހެން ދިވެހި ރައްޔިތުންގެ މެދުގައި މިފަދައިން މަޢުލޫމާތު ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. "

އެޕާޓީގެ ތަރުޖަމާނު މީޑިޔާތަކަށް ބުނީ އެޚަބަރުގައި ހަވާލާދީފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ރަސްމީ އެއްވެސް ޙައިސިއްޔަތެއް އޮތް ޓުވިޓަރ ހޭންޑަލްއަކަށް ނޫންކަމަށެވެ. އަދި އެޕާޓީން އެފަދަ ނިންމުމެއް ނިންމާފައި ނުވާކަމަށާއި ވަކި ކަމަކާއި ގުޅޭގޮތުން ނިންމުމެއް ނިންމައިފިނަމަ ސީދާ  އެޕާޓީން ރަސްމީކޮށް އެކަން ހާމަކުރާނެކަމަށް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *