ރައީސް ނަޝީދު

"ފިކުރެއްގެ ދިރުން" ނަމުގައި އާ ގޮތްޕެއް އުފައްދަވަން ބޭނުންވާކަން ހާމަކުރައްވާ އެގޮތްޕައް ބައިލައްކަ މީހުން ހަމަކުރުމަށް ބޭނުންވާކަން ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ޕްރައިމަރީގައި ލިބުނު ނާކާމިޔާބީއަށްފަހު މިއަދު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީއާ ދުރަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ.

ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ބައިބައިވާނެ ޕާޓީއެއް ނޫންކަމަށެވެ. އަދި އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން"އަށް ޕާޓީތެރޭގައި ފުރުސަތު އޮންނާނެކަމަށާއި ޕާޓީގެ އުސޫލުތައްވެސް އެކަމަށް ޖާގަދޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިކަން ނުހުއްޓުވޭނެ. މިއީ އަޅުގަނޑުމެންގެ ތަސައްވުރެއް"

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ތާރީހީ ޕްރައިމަރީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވީ އެޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ވާދަވެރިޔާ ބަލިކުރައްވާ ފަސޭހަ މޮޅަކުން ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވައިގެންނެވީ ޖުމްލަ ވޯޓުގެ 39 އިންސައްތަ ވޯޓެވެ.

ރައިމަރީގައި ބަލިވިކަން ގަބޫލުކުރައްވާ ރައީސް ނަޝީދު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް އިއުލާނު ކުރައްވާނީ ފަހުން ކަމަށެވެ. ރައީސް ނަޝީދު ރައީސް ސޯލިހަށް ތާއީދު ނުކުރައްވައެވެ.

ރައީސް ނަޝީދު ބަލި ގަބޫލުކުރެއްވިކަމަށް ހާމަކުރެއްވީ މިއަދު ހެނދުނު އެމްޑީޕީގެ ރަސްމީ ވަޓްސްއެޕް ގުރޫޕުތަކަށް ފޮނުއްވި މެސެޖެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *