2 ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފެނަކަ އާއި ހަވާލުކޮށްފައިވަނީ ގދ. ފިޔޯރީ އަދި މަޑަވެލީގައި އައިސް ޕްލާންޓެއް އެޅުމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި 2 ރަށުގައިވެސް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓްތައް ކަމަށެވެ. މިކަން ހަވާލުކޮށްފައިވަނީ 170 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކޮންމެ އައިސް ޕްލާންޓެއްގެ އަގަކީ 4.89 މިލިއަން ރުފިޔާއެވެ.

ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޔާމީނެވެ.

ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *