އެމް.ޑަބްލިޔު.އެސް.ސީއިން ޅ.އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރގެ ޢިމާރާތް ބިނާކޮށްފިއެވެ.  

  މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ގެ ޢިޖްތިމާއީ ޒިންމާގެ ދަށުން، ޅ.އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރގެ އިމާރާތް ބިނާކޮށްފިއެވެ.

މި ޑައިލަސިސް ސެންޓަރ އިމާރާތްބިނާކޮށްފައިވަނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދަވާ ބަލި މީހުންނަށް ޚާއްސަ 2އެނދާއި، 1 އައިސޮލޭޝަން ރޫމް އަދި ޑައިލިސިސް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމްކުރެވޭނެ ގޮތަށް ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

އެ ކުންފުނިން ބުނީ، ޅ. ނައިފަރުގައި ޤާއިމްކުރެވުނު މި ޑައިލަސިސް ސެންޓަރު ތަރައްޤީ ކުރުމުގެ މަޤްޞަދަކީ، މިސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅުއްވާ، ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވާ ފަރާތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

މި ސެންޓަރުގެ ސަބަބުން މި ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވާ ފަރާތްތައް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ވީހާވެސް ގާތުން، ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން، ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދެވުމަށްކުރަންޖެހޭ ހޭދައާއި، ޚިދުމަތް ހޯއްދެވުމުގައި އުފުލަންޖެހޭ ތަކްލީފުތަކަށްމިސެންޓަރުގެ ސަބަބުން ލުޔެއް ލިބިގެންދާނެއެވެ. މިސެންޓަރުގެ ޚިދުމަތް މި ފެށޭ ފެބުރުވަރީ މަހުގެ ތެރޭގައި އާއްމުންނަށް ލިބިގެންދާނެއެވެ.

ޅ.އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރު ބިނާކުރުމަށް 8 ލައްކައަށް ވުރެން ގިނަ ރުފިޔާ މިކުންފުނީގެ ޢިޖްތިމާއީ ޒިންމާގެ ދަށުން ވަނީ ހޭދަކުރެވިފައެވެ.
އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ، މިކުންފުނިން ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު، ކުރިމަގުގައިވެސް މިކުންފުނީގެ ޢިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމަޢުއަށް ލާބައާއި މަންފާ ލިބިދެނިވި އެކި ދާއިރާތަކުންއެހީތެރިކަން ފޯރުކޮށްދިނުމެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *