ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖްލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް، މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރު ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ގޮތުގައި ބެލުމަށް 2023 ޖަނަވަރީ 8 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 2 ވަނަ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.
މި މައްސަލަ ބެލުމަށް ތަޙްޤީޤުކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.