ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެކު ގޮސް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި ބޭނުންފުޅުވަނީ އަލުން ގޮތް ނިންމުމަށް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް ސޯލިހު ރައީސް ނަޝީދު ބަލިކުރެއްވިކަން ގަބޫލުކުރައްވާ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުށަހަޅުއްވާނީ ’ފިކުރެއްގެ ދިރުން‘ މި ނަމުގައި އެމްޑީޕީގެ ގޮފިތަށް ހުރިހާ ރަށެއްގައި އަލުން އުފެއްދުމަށް ކަމަށެވެ.

އަދި އެމްޑީޕީން ކަނޑާލި 39 ހާހަށްވުރެ ގިނަ މީހުން އަލުން އެމްޑީޕީއާއި ގުޅި އެމީހުންނާއި އެކު އަލުން ފެންނަ ގޮތް ނިންމުމަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފިކުރެއްގެ ދިރުން، ފަރާތުން ތާއީދުކުރާނެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައާޅާނީ ފަހުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން، ޕާލިމެންޓްރީ ނިޒާމަށް (ބަރުލަމާނީ) އަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދު ކުރަން ފަސޭހަވާނެ ކެންޑިޑޭޓް ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ވަގުތު ކައިރިވަމުން އަންނައިރު އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވުމަށް ޓިކެޓް ލިބިވަޑައިގަންނަވާނީ 61 އިންސައްތައިން ޕްރައިމަރީ ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *