އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

އެމްޑީޕީ އެތެރޭގައި ވަކި ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށާ އެއީ އަސާސީ ގަވައިދު ތަންދޭ ކަމެއް ނޫންކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ފައްޔާޒް މިފަދަ ރައްދެއް ދެއްވާފައި މިވަނީ އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް ޞާލިޙާއެކު ގޮސް 2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ރައީސް ނަޝީދު ބަލި ގަބޫލުކުރައްވި ނަމަވެސް އިންތިހާބު ކާމިޔާބުކުރެއްވި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުުރައްވާކަން އިއުލާނުކުރެއްވިޔަސް، ޕާޓީގެ އަސާސީ ގަވާއިދު އޮތް ގޮތުން އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށެވެ.

އަލުން އެކަމާ މެދު ވިސްނާލެއްވުމަށް އެދިވަޑައިގެން ފައްޔާޒް ވިދާޅުވީ ޕާޓީގެ އުސޫލާއި ގަވައިދު ބަދަލުނުކޮށް އެކަން އެގޮތަށް ކުރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

 ޓިކެޓް ކާމިޔާބު ކުރާ ފަރާތަކީ ޕާޓީގެ ކެންޑިޑޭޓް،"

އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުށަހަޅުއްވާނީ "ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން އުފެއްދުމަށް ކަމަށެވެ.

މީގެ އިތުރުން ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓަކު ފަހުން ކަނޑައަޅަން ހުށަހަޅާފައިވާއިރު ރޔާސީ އިންތިހާބުގެ ކުރިޔަށް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދު ކުރަން ފަސޭހަވޭނެ ކެންޑޭޓެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *