އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ވާދަކުރެއްވި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލި ގަބޫލުކުރައްވައިފިއެވެ.

ޕްރައިމަރީގައި ބަލިވިކަން ގަބޫލުކުރައްވާ ރައީސް ނަޝީދު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް އިއުލާނު ކުރައްވާނީ ފަހުން ކަމަށެވެ. ރައީސް ނަޝީދު ރައީސް ސޯލިހަށް ތާއީދު ނުކުރައްވައެވެ.

ރައީސް ނަޝީދު ބަލި ގަބޫލުކުރެއްވިކަމަށް ހާމަކުރެއްވީ މިއަދު ހެނދުނު އެމްޑީޕީގެ ރަސްމީ ވަޓްސްއެޕް ގުރޫޕުތަކަށް ފޮނުއްވި މެސެޖެއްގައެވެ.

އިންތިހާބުގައި އޮޅުވާލުން އެއްކިބާ ކޮށްފިނަމަ ރައީސް ސޯލިހަށް ލިބުނު ކަމަށް ބުނާ ވަރަށް ގިނަ ވޯޓު އުނިވާނެ. އެހެންނަސް އަޅުގަނޑު ލަފާކުރަނީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ސޯލިހު މޮޅުވެދާނެ ކަމަށް"

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ތާރީހީ ޕްރައިމަރީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވީ އެޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ވާދަވެރިޔާ ބަލިކުރައްވާ ފަސޭހަ މޮޅަކުން ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވައިގެންނެވީ ޖުމްލަ ވޯޓުގެ 39 އިންސައްތަ ވޯޓެވެ.

ރައީސް ނަޝީދު ވަނީ ޕްރައިމަރީ ކެމްޕޭނުގެ ތެރޭގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ދޭހަވާގޮތަށް އެކި ފަހަރުމަތިން ވާހަކަފުޅު ދައްކަވާފައެވެ.

އަދި އެމްޑީޕީއާއި އެންމެ ވާދަވެރި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ދެއްވާފައިވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އަކީ ވިޝަނަރީ ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކެމްޕޭނުގެ ތެރޭގައި ރައީސް ޔާމީނަށް ތާއީދުކުރައްވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

މިކަންކަމާއި ގުޅިގެން ރައީސް ސޯލިހުގެ ކެމްޕޭނު ޓީމުތަކުން ވަނީ އެޕާޓީގެ ލީޑަރު އެންމެ ވާދަވެރި ޕާޓީގެ ލީޑަރަށް ތާއީދު ކުރައްވާތީ ދެރަވާކަމަށް ވިދާޅުވެ އެކަމަށް ފާޑުވެސް ކިޔުއްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވި ރައީސް ސޯލިހު ވަނީ ރައީށް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ އެމްޑީޕީގެ އެންމެހާ މެންބަރުން ގުޅިގެން މަސައްކަތް ކުރުމަށް ދައުވަތު ދެއްވާފައެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެމްޑީޕީއަކީ އެކައްޗެއް ކަމަށާއި، ވާދަވެރިކަން މިހާރު ނިމުނީ ކަމަށެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީ ބައިބައި ނުވެ އެކުގައި މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.

 

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *