އެންމެނަށް މީޑިއާނެޓްގެ ނަމުގައި މީޑިއާނެޓުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މީޑިއާނެޓުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން މީޑިއާނެޓުގެ އާ ކަނެކްޝަނަކަށް އެދިލައްވާ ކަސްޓަމަރުންނަށް ޑީކޯޑަރާއި، ކަނެކަޝަން ގުޅައިދިނުމުގެ އިތުރުން 1 މަހުގެ ފުލް ޕެކޭޖް އެއްވެސް އަގަކާއި ނުލައި ލިބޭނެ ކަމަށެވެ.

ހުރިހާ އުމުރުފުރައަކާއި ގުޅޭ ދިވެހި އަދި ބޭރުގެ ފިލްމާއި ސީރީޒްގެ އިތުރުން މުހިންމު ގިނަ ޗެނަލްތައް އެކުލެވިގެން މީޑިއާނެޓުން ފޯރުކޮށްދެމުންދާ ޚިދުމަތަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ޓީވީ އަދި މުނިފޫހިފިލުވުމުގެ ޚިދުމަތެވެ.

މީޑިއާނެޓުން ބުނީ ވީހާވެސް ގިނަ ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި މި ޚިދުމަތް ފޯރުކޮށްދިނުމަކީ މީޑިއާނެޓުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

16 ފެބްރުއަރީ 2023ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ޚިދުމަތް ހޯއްދެވުމަށް މީޑިއާނެޓުގެ ކަސްޓަމަރ ސަރވިސް ސެންޓަރުތަކަށް ޒިޔާރަތްކުރައްވައިގެން ނުވަތަ މީޑިއާނެޓުގެ ބިޒްނަސް ޕާޓްނަރުންނަށް ގުޅުއްވައިގެން މީޑިއާނެޓުގެ ފްރީ ކަނެކްޝަނަކަށް އެދިލެއްވޭނެ ކަމަށް ވަނީ ބުނެފައެވެ.

0
0
2
4
4

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *