ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ

ވެރިކަމަކީ ގަދަބާރުން ހޯދޭ އެއްޗެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސްކަން ކުރާ ހިތްވާ ކޮންމެ ބޭފުޅަކަށް ރައީސްކަން ލިބޭ ނަމަ މި ގައުމުގައި މިހާރު ކިތައް ރައީސުން ތިއްބަވާނެތޯ ސުވާލު ކުރައްވާފަ އެވެ. އަދި ވެރިކަމަކީ ގަދަކަމުން ހޯދޭ އެއްޗެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހު ބޭއްވުނު އެމްޑީޕީ ރިޔާސީ ޕްރައިމަރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ކާމިޔާބު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ސާލިހު މި އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ ރައީސް ނަޝީދު އާ ވާދަކުރައްވައި 61 ޕަސެންޓު ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

ޕްރައިމަަރީގެ ނަތީޖާއާއެކު އެމްޑީޕީގެ ރިޔާސީ ޓިކެޓް މިހާރު ވަނީ ރައީސް ސޯލިހަށް ކަށަވަރުވެފައެެވެ. އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުން އޮންނާނީ އަންނަމަހު މެދުތެރޭގައިކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *