މާލެ އިން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންްހެން ކުއްޖާ ފެނިއްޖެއެވެ.
އެ ހާދިސާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ތ. ދިޔަމިގިލި، އާޤިސާމަންޒިލް، ޒީކް ބިންތި މުޙައްމަދު ރިޔާޒް ފެނިފައިވާ ކަމަށެވެ.
ޒީކް މިހާރު ދިރިއުޅެމުންދަނީ ކ. މާލެ، ގ. ތޯނީއައްސޭރި ގޭގައިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ޖެނުއަރީ 25 ވަނަ ދުވަހު ހަވީރު 5:00 އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި އައިސްފައި ނުވާތީ، ގެއްލިފައިވާކަމަށް އެކުއްޖާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހުގެ އިރުއޮއްސި 6:17 އެހައިކަންހާއިރެވެ.