ރައީސް ނަޝީދު ކެމްޕޭނުގެ ތެރެއިން ތިނަދޫގައި - ފައިލްފޮޓޯ: ޓްވިޓަރ/ފިކުރެއްގެ ދިރުން

އިއްޔެ ބޭއްވި އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީގައި ކުޅުދުއްފުށި ސިޓީން ކުރި ހޯއްދެވީ ކެންޑިޑޭޓް ނަމްބަރު 1، ރައީސް މުހައްމަދު ނަޝީދު ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ކުޅުދުއްފުށި ސިޓީގައި ބަހައްޓާފައިވަނީ ދެ ވޯޓު ފޮށްޓެވެ.

އަފީފުއްދީން ސްކޫލުގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާއިން ހޯދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެފޮށިން އެ މަނިކުފާނަށް ލިބިވަޑައިގެންނެވީ 117 ވޯޓެވެ. ރައީސް ނަޝީދަށް އެފޮށިން ލިބިވަޑައިގެންނެވީ 95 ވޯޓެވެ.

ޖަލާލުއްދީން ސްކޫލުގައި ބެހެއްޓި ވޯޓުން ފޮށިން ކުރި ހޯދެއްވީ ރައީސް ނަޝީދެވެ. އެ ފޮށިން އެ މަނިކުފާނަށް 150 ވޯޓް ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް އެ ފޮށިން ލިބިވަޑައިގެންނެވީ 102 ވޯޓެވެ.

ކުޅުދުއްފުށި ސިޓީއަށް ވެފައިވާ ވައުދުތަކަށް އެކަށީގެންވާ ރޭޓެއްގައި ފުއްދިފައިނުވާކަމަށް އެސިޓީގެ ރައްޔިތުން ދެކެއެވެ. އަދި އެ ސިޓީގެ މޭޔަރުވެސް ކެމްޕޭން ކުރެއްވީ ރައީސް ނަޝީދު ހޮއްވެވުމަށެވެ. ކުޅުދުއްފުށީ ސިޓީގެ ވޯޓުތައް

މާލޭގައި ބެހެއްޓިފައިވާ 2 ފޮށިގެ ތެރެއިން އެއް ފޮށިން ފިޔަވާ ފުވައްމުލައް ސިޓީގެ ހުރިހާ ވޯޓު ފޮށްޓަކުންވެސް ކުރި ހޯއްދެވީ ރައީސް ސޯލިހެވެ.

އައްޑޫ ސިޓީގެ ނަތީޖާއަށް ބަލާއިރު އައްޑޫގައި ބެހެއްޓި އަށް ވޯޓު ފޮއްޓާއި މާލޭގައި ބެހެއްޓި ހަތަރު ވޯޓު ފޮށީގެ ތެރެއިން ރައީސް ނަޝީދު ވަނީ 7 ވޯޓު ފޮއްޓަކުން ކުރި ހޯއްދަވާފައެވެ. ވަރަށް ވާދަވެރިކޮށް ދިޔަ އައްޑޫސިޓީގެ ދާއިރާތަކުން ރައީސް ސޯލިހު ކުރި ހޯއްދެވީ 5 ވޯޓުފޮއްޓަކުންނެވެ.

މާލެ ސިޓީގެ ނަތީޖާތަކަށް މާލޭގެ ހުރިހާ ދާއިރާތަކެއްގެ 15 ވޯޓު ފޮށީގެ ތެރެއިން 8 ވޯޓު ފޮށިން އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް ނަޝީދެވެ. ރައީސް ސޯލިހު ވަނީ 6  ވޯޓު ފޮށިން ކުރި ހޯއްދަވާފައެވެ.

އެމްޑީޕީ އޮފީހުން ރޭ އިއުލާނު ކުރި ވަގުތީ ނަތީޖާއިން ޕްރައިމަރީގެ ޖުމްލަ ނަތީޖާއިން ރައީސް ސޯލިހު ވަނީ 61.10 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. ރައީސް ސޯލިހު 24566 ވޯޓު ކާމިޔާބުކުރައްވާފައިވެއެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ ޖުމްލަ ނަތީޖާއިން 38.90 އިންސައްތަ ވޯޓެވެ. އެއީ ޖުމްލަ 15641 ވޯޓެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *