ރައީސް ސޯލިހު ކެމްޕޭނުގެ ތެރެއިން - ފައިލްފޮޓޯ

ރިޔާސީ ޕްރައިމަރީއަށްފަހު މިރޭ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕާޓީގެ އެންމެހާ މެންބަރުން އެކުގައި މަސައްކަތްކުރެއްވުމަށް ގޮވާލައްވައިފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ހަރުގެއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކުރުމަށް ދައުވަތު ދެއްވާ ކަމަށެވެ.

މިއަދު ބޭއްވި ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ރައީސް ސޯލިހު ވަނީ މިރޭ ދަނޑިކޮށި ޖަގައިހައިގައި ހުންނަވާ ވިދާޅުވީ ކުރިމަގުގައިވެސް މަސައްކަތް ކުރަންވާނީ ގުޅިގެން ކަމަށެވެ. އަދި މި ޕްރައިމަރީއަށްވުރެ ފަސޭހަ ކާމިޔާބީއެއް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  ރައީސް ވިދާޅުވީ ސީދާ މަސައްކަތް އަދި ކިރިޔާ މި ފެށުނީ ކަމަށާއި، މިހާރު ވާދަވެރިކަން ނިމުނީ ކަމަށެވެ. އަދި ވާދަވެރި ކެންޑިޑޭޓް، ރައީސް ނަޝީދުގެ ސަޕޯޓަރުންނަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ މިއީ އެއް ނުކުރެވޭ ދެބައެއް ނޫން ކަމަށެވެ.

ތިޔަ ހުރިހާ ބޭފުޅުންގެވެސް އޮތީ އެއް މަގްސަދެއް. އެއީ އެމްޑީޕީ އާއި އެކީ ކުރިޔަށް ދިއުން"

ރައީސް ވިދާޅުވީ ޕްރައިމަރީގައި އެމްޑީޕީން މިއަދު ދެއްކީ ޑިމޮކްރެސީގެ ފުރިހަމަ ނަމޫނާ ކަމަށެވެ. އަދި އެމްޑީޕީގެ އޮންނާނީ އެއް މަގުސަދެއް ކަމަށާއި އެއީ ރާއްޖެއަށް ތަރައްޤީއާއި ހަމަޖެހުން ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ޕްރައިމަރީގެ ނަތީޖާ ޝީޓުތަކުގައި މައްސަލަ ހުރި ކަމަށް ބުނެ ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން އަދި އިންތިހާބުން ބަލިވީ ކަމަށް ގަބޫލުކުރައްވާ ކަމަށް އިއުލާނެއް ނުކުރެއެވެ. ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނީ ގިނަ ވޯޓު ފޮށިތަކުން ކުރީގައި އުޅުއްވަނީ ރައީސް ނަޝީދު ކަމަށާއި، އާދަޔާ ހިލާފަށް ވޯޓުލާފައިވާ ފޮށިތަކެއްގެ ސަބަބުން ރައީސް ސޯލިހު ކުރީގައި އުޅޭ ކަމަށް ދައްކަނީ ކަމަށެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން 60 އިންސައްތައަށްވުރެ މަތިން ޕްރައިމަރީ ކާމިޔާބުކުރައްވައިގެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވާ ކެންޑިޑޭޓަކީ ރައީސް ސޯލިހެވެ.

އެމްޑީޕީގެ ވާދަވެރި މި ވޯޓުގައި މިއަދު ހަމަނުޖެހުންތައްވެސް ހިނގާފައިވެއެވެ. ވޯޓު ފޮށިތައް ފަޅާފާ، ކަރުދާތަކަށް ފެންޖަހާ ވޯތު ކަރުދާސްތައް ވީދާލާ ވޯޓުލާ މަރުކަޒުގެ ތެރޭގައި މާރާމާރީ ހިންގުން ފަދަ އަމަލުތައްވެސް މިއަދު ހިނގިއެވެ.

ހަމަނުޖެހުން ހިންގި ސަބަބުތަކުގެތެރޭގައި ވޯޓުލާން ދިޔަ ބައެއް މީހުންގެ ނަން ލިސްޓުގައި ނެތުމާއި، ނަން ނެތް މީހުން ފޮށިފޮށްޓަށް ވޯޓުލުމާއި، ވޯޓު ކަރުދާސްކޮޅުގެ ވީޑިއޯއާއި ފޮޓޯ ނެގުންފަދަ ސަބަބުތައް ހިމެނެއެވެ.

ރައީސް ވިދާޅުވީ ވޯޓުލުން ކުރިޔަށްދިޔައިރު ނޭދެވޭ ކަންކަންވެސް ހިނގާފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް ވޯޓުދެއްވި ހުރިހާ މެންބަރުންނަށާއި ވާދަވެރި ކެމްޑިޑޭޓާއި ކެމްޕޭން ޓީމުތަކަށްވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *