ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ނައިބު ރައީސް ފައިސަލް ނަސީމް ތަހުނިޔާ ދަންނަވައިފިއެވެ.

ނައިބު ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރައްވާފައިވާތީ އެކަމަށް ތަހުނިޔާ ވިދާޅުވެފައެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ ހޯއްދެވި ކާމިޔާބީ އަކީ ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއެކު، މުޅި ގައުމަށް ގެނެސްދެއްވާ ތަރައްޤީއާއި ޕްރޮގްރެސިވް ޕޮލިސީތަކުގެ ނަތީޖާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޕްރައިމަރީ ބޮޑުތަނުން ރައީސް ސޯލިހު ކާމިޔާބުކުރައްވާފަވާތީ އެމަނިކުފާނަށް ތަހްނިޔާ ދަންނަވާ ކުރެއވްި ޓްވީޓެއްގައި ނައިބު ރައީސް ވިދާޅުވީ މިއަދު މި ފެނިގެން ދިޔައީ އެމްޑީޕީގެ މެންބަރުން ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ކުރާ އިތުބާރު ކަމަށެވެ.

ނައިބު ރައީސްގެ އިތުރުން މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އިސްވެރިން އަންނަނީ ރައީސް ސޯލިހަށް ތަހްނިޔާ ދަންނަވަމުންނެވެ. އެގޮތުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ރައީސަށް ތަހުނިޔާ ދަންނަވާފައެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 60 އިންސައައްތައަށްވުރެ މަތިން ރައީސް ސޯލިހު ވޯޓު ހޯއްދަވާފައިވީ ނަމަވެސް ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުތަކާއި ސަޕޯޓަރުން ގެންދަނީ ނަތީޖާ އޮޅުވާލާފައިވާކަމުގެ ތުހުމަތު ޕާޓީއަށް ކުރަމުންނެވެ. އަދި ނަތީޖާ ޝީޓުތަކުގައި  މައްސަލަތަކެއް ހުރި ކަމަށް ބުނެ ނަތީޖާ ޝީޓުތައް އަލުން ބަލާ ދިރާސާ ކުރަމުން އަންނަ ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *