ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު ރައީސް ސަޕޯޓަރުންނާއި ބައްދަލުކުރެއްވުން -

އެމްޑީޕީގެ ތާރީހީ ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރެއިން ބޮޑު ތަފާތަކުން ކުރި ހޯއްދަވާ އެޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވައިފިއެވެ.

ވާދަވެރިޔާ ބަލިކުރައްވާ ފަސޭހަ މޮޅަކުން ރައީސް ސޯލިހު ކުރި ހޯއްދަވާފައިވަނީ މިހާތަނަށް ލިބިފައިވާ ނަތީޖާތަކުގެ ތެރެއިން 61 އިންސައްތަ ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

އެމްޑީޕީން އިއުލާނުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ރައީސް މުހައްމަދު ނަޝީދަށް ލިބިވައިގެންނެވީ ޖުމްލަ ވޯޓުގެ 39 އިންސައްތަ ވޯޓެވެ.

ވަކިވަކި އަތޮޅު ތަކަށް ބަލާއިރު ހުރިހާ އަތޮޅަކުންވެސް ކުރި ހޯއްދެއްވީ ރައީސް ސޯލިހެވެ.

ތިލަދުންމަތި އުތުރުބުރިން އިން ރައީސް ސޯލިހަށް 65 އިންސައްތަ ލިބިފައިވާއިރު ރައީސް ނަޝީދަށް ލިބިފައިވަނީ 35 އިންސައްތައެވެ.

ތިލަދުންމަތި ދެކުނުބުރިން ރައީސް ސޯލިހަށް 66 އިންސައްތަ ލިބިފައިވާއިރު ރައީސް ނަޝީދަށް ލިބިފައިވަނީ 34 އިންސައްތައެވެ.

މިލަދުންމަޑުލު އުތުރުބުރިން ރައީސް ސޯލިހަށް 80 އިންސައްތަ ލިބިފައިވާއިރު ރައީސް ނަޝީދަށް ލިބުނީ 20 އިންސައްތައެވެ.

މިލަދުންމަޑުލު ދެކުނުބުރިން ރައީސް ސޯލިހަށް 67 އިންސައްތަ ލިބުނުއިރު ރައީސް ނަޝީދަށް ލިބިފައިވަނީ 33 އިންސައްތައެވެ.

މާޅޮސްމަޑުލު އުތުރުބުރިން ރައީސް ސޯލިހަށް ލިބިފައިވަނީ 61 އިންސައްތަ އަދި ރައީސް ނަޝީދަށް 39 އިންސައްތައެވެ.

މާޅޮސްމަޑުލު ދެކުނުބުރިން ރައީސް ސޯލިހަށް ލިބިފައިވަނީ 56 އިންސައްތަ އަދި ރައީސް ނަޝީދަށް 44 އިންސައްތައެވެ.

ފާދިއްޕޮޅުން ރައީސް ސޯލިހަށް 80 އިންސައްތަ ވޯޓު ލިބިފައިވާއިރު ރައީސް ނަޝީދަށް ލިބިފައިވަނީ 20 އިންސައްތައެވެ.

މާލެ އަތޮޅުން ރައީސް ސޯލިހަށް 63 އިންސައްތަ ލިބިފައިވާއިރު ރައީސް ނަޝީދަށް ލިބިފައިވަނީ 37 އިންސައްތައެވެ.

އަރިއަތޮޅު އުތުރުބުރިން ރައީސް ސޯލިހަށް 57 އިންސައްތަ ލިބިފައިވާއިރު ރައީސް ނަޝީދަށް ލިބިފައިވަނީ 43 އިންސައްތައެވެ.

އަރިއަތޮޅު ދެކުނުބުރިން ރައީސް ސޯލިހަށް ލިބިފައިވަނީ 68 އިންސައްތައެވެ. ރައީސް ނަޝީދަށް ލިބުނީ 32 އިންސަތައެވެ.

ފެލިދެއަތޮޅުން ރައީސް ސޯލިހަށް ލިބުނީ 59 އިންސައްތައެވެ. ރައީސް ނަޝީދަށް ލިބިފައިވަނީ 41 އިންސައްތައެވެ.

މުލަކު އަތޮޅުން ރައީސް ސޯލިހަށް 80 އިންސައްތަލިބުނުއިރު ރައީސް ނަޝީދަށް ލިބުނީ 20 އިންސައްތައެވެ.

ނިލަންދެއަތޮޅު އުތުރުބުރިން ރައީސް ސޯލިހަށް 67 އިންސައްތަ ލިބިފައިވާއިރު ރައީސް ނަޝީދަށް ލިބުނީ 33 އިންސައްތައެވެ.

ނިލަންދެ އަތޮޅު ދެކުނުބުރިން ރައީސް ސޯލިހަށް 61 އިންސައްތަ ލިބުނުއިރު ރައީސް ނަޝީދަށް ލިބިފައިވަނީ 39 އިންސައްތައެވެ.

ކޮޅުމަޑުލުން ރައީސް ސޯލިހަށް 65 އިންސައްތަ ލިބިފައިވާއިރު ރައީސް ނަޝިދަށް ލިބިފައިވަނީ 35 އިންސައްތައެވެ.

ހައްދުންމަތިން 64 އިންސައްތަ ރައީސް ސޯލިހަށް ލިބިފައިވާއިރު ރައީސް ނަޝީދަށް ލިބިފައިވަނީ 36 އިންސައްތައެވެ.

ހުވަދުއަތޮޅު އުތުރުބުރިން ރައީސް ސޯލިހަށް ލިބިފައިވަނީ 54 އިންސައްތައެވެ. ރައީސް ނަޝީދަށް ލިބިފައިވަނީ 46 އިންސައްތައެވެ.

ހުވަދު އަތޮޅު ދެކުނުބުރިން ރައީސް ސޯލިހަށް 59 އިންސައްތަ ލިބުނުއިރު ރައީސް ސޯލިހަށް ލިބިފައިވަނީ 41 އިންސައްތައެވެ.

ފުވައްމުލަކުން ރައީސް ސޯލިހަށް 53 އިންސައްތަ ލިބިފައިވާއިރު ރައީސް ނަޝީދަށް ލިބުނީ 47 އިންސައްތައެވެ.

އައްޑޫ ސިޓީ އިން ރައީސް ނަޝީދަށް 52 އިންސައްތަ ލިބިފައިވާއިރު ރައީސް ނަޝީދަށް ލިބުނީ 48 އިންސައްތައެވެ.

މާލެ ސިޓީ އިން ރައީސް ސޯލިހަށް 51 އިންސައްތަ ލިބިފައިވާއިރު ރައީސް ނަޝީދަށް ލިބިފައިވަނީ 49 އިންސައްތައެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *