ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަނީ

ޕްރައިމަރީ ކާމިޔާބު ކުރެއްވިކަން ދެ ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުންވެސް އިއުލާނުކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޓީމުން ބުނީ ޕްރައިމަރީގެ 67 އިންސައްތަ ވޯޓުން ކާމިޔާބު ކުރެވިއްޖެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އެގްޒިޓް ޕޯލުތަކުން ދައްކާގޮތުން ނަޝީދު ޕްރައިމަރީ ކަމިޔާބު ކުރައްވައިފި ކަމަށެވެ. އަދި 67 އިންސައްތައިން ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވައިފި ކަމަށްވެސް ކެމްޕޭން ޓީމުން ބުނެއެވެ.

އެހެންނަމަވެސް މިވަގުތު ގުނިފައިވާ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާއިން ދައްކަނީ ރައީސް ސޯލިހު ކުރީގައި އުޅުއްވާ ތަނެވެ. ނަމަވެސް މާލެ ދާއިރާތަކަށް ބަލާއިރު މުޅި ޖުމްލަ 53 އިންތަ ވޯޓާއި އެކު މިވަގުތު ކުރީގައި އުޅުއްވަނީ ރައީސް ނަޝީދެވެ.

އަދިވެސް ވޯޓުގުނުން ކުރިޔަށްދާއިރު ބައެއް މަރުކަޒުތަކުގައި ވަނީ ވޯޓު ގުނުމަށްވެސް ހުރަސް އަޅާފައެވެ. އެގޮތުން އިސްކަންދަރު ސުކޫލުގައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮށީގައި ހުރި ވޯޓު ކަރުދާސްތައް ވީދާލަންވެސް ބަޔަކު މަސައްކަތް ކުރިއެވެ. މީގެ އިތުރުން ވޯޓުލުން ކުރިޔަށް ދިޔައިރު ގދ. ތިނަދޫ އާއި ރަތަފަންދޫ އަދި އެހެނިހެން ސަރަހއްދުތަކުގައިވެސް ހަމަނުޖެހުން ހިންގާ ވޯޓު ފޮީ ޅާލުން ފަދަ ހަމަނުޖެހުންތެް ކުރިޔަށް ގެންދިޔައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *