ވޯޓު ލެވޭ މީހުންގެ ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލީ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ގއ ވިލިގިލީ ދާއިރާގެ މީހުން މާލޭގައި ވޯޓުލުމަށް ބަހައްޓާފައިވާ ވޯޓު ފޮށްޓައް ނަން ނެތް މީހަކު ވޯޓު ލީ މައްސަލައެއް ފެންމަތިވެ، އެފޮއްޓަށް ވޯޓުލުން ހުއްޓުވާފައިވެއެވެ.

އެކަން ފެންމަތިވެ ވޯޓުލުން ދެން ކުރިއަށްގެންދެވޭނީ އެކަން ރަނގަޅުކުރުމަށްފަހުކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ބުނާ ވީޑިޔޯއެއްވެސް އަންނަނީ ދައުރުވަމުންނެވެ.

އެހެންނަމަވެސް އެކަން ހައްލުކުރުމަށްފަހު ވޯޓުލުން މިހާރު ވަނީ އަލުން ފަށާފައެވެ.

ބައެއް އިތުރު މަރުކަޒުތަކުގައިވެސް ދެބަސްވުންތައް އުފެދި، ކޮންމެވެސްވަރެއްގެ ހަމަނުޖެހުންތައް ހިނގާފައެވެ. އަދި ބައެއް ވޯޓު ފޮށިތަކަށް ވޯޓުލުން ފެށިފައިވަނީވެސް ލަހުންކަން ފާހަގަކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *