މާލޭގެ ގޭބިސީއަކުން ގޯޅިއަކަށް ކުނި ނެރިފައި - ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

މާލެ ސިޓީގައި ކުނި މެނޭޖްކޮށްދޭނެ ބަޔަކު ހޯދުމަށް އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މާލޭ ތެރެއިން ނަގާ ކުނި ބަހައްޓަމުންދާ ސަރަހައްދު މެނޭޖްކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް ޢިއުލާންކޮށްފައެވެ.

އެއިއުލާންގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލޭގެ މަގުތަކާއި ހުސް ބިންތަކާއި މައިޒާންތަކުން ނަގާ ކުނި ވަކި ސަރަޙައްދަކަށް ޖަމާކުރުމުން އެސަރަޙައްދުން ވެމްކޯ ސައިޓްތަކަށް ކުނި ގެންދިޔުމުގައި ސިޓީ ކައުންސިލަށް އެހީތެރިވުމަށާއި، އެސަރަޙައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކުރާކަމަށެވެ.

ދެވަނަ ފަހަރަށް އިއުލާން ކުރީ ފުރަތަމަ ބުރުގައި ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ސިޓީ ކައުންސިލުން އަންދާޒާކުރި ވަރަށްވުރެ އަގު ބޮޑުވުމާއި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވަތީކަމަށް އެ ޢިއުލާނުގައި ބުނެފައިވެއެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރު މަޢުލޫމާތު ސާފުކޮށް، އަންގާރަ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރު ކައުންސިލްގެ އިދާރާއަށް އަގު ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *