ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫޢުގެ ދަށުން، 21,023 ކިއު ިބކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 670 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ.

މި މަޝްރޫޢަކީ 18.56މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޯށްފައިވަނީ 280 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

2,800 މީހުންގެ އާބާދީއެއް އޮތް ށ. ފުނަދޫއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ހިތްގައިމު ރަށެކެވެ. އެގޮތުން ށ. އަތޮޅުގެ ގިނަ ރަށްތަކާއި ހިލާފަށް ބޮޑު ފަޅެއް މި ރަށުގައި އޮންނައިރު، ރަށުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ދިގު ރާސްތާއަކަށް ދެމިގެންދާ ރީތި ކޯރެއް މިރަށުގައި އޮވެއެވެ.

ރާއްޖޭގެ ގިނަ ރަށްތައް ފަދައިން ފުނަދޫއަކީވެސް ރަށް ގިރުމުގެ ބިރުވެރިކަން ދިމާވެފައިވާ ރަށެކެވެ. ރަށްގިރުމުގެ ސަބަބުން ބޮޑު ސަރަހައްދެއް މިހާރުވެސް ރަށުގެ ދެކުނުފަރާތުން ގިރައިގެން ގޮސް އެތަކެއް ރުއްގަހެއްވެސް ވަނީ ވެއްޓި ހަލާކުވެގެން ގޮސްފައެވެ.

ހަމައެހެންމެ، ރަށުގެ ހުޅަނގު ދެކުނު ފަރާތުން ރަށްގިރުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެވަޅުތަކާއި ހަމައަށް މިކަމުގެ ނުރައްކާ ބޮޑުވެފައިވާއިރު، އުދަ އަރައިފިނަމަ ރަށުގެ މީހުން ދިރުއުޅޭ ބައެއް
ހިސާބުތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. އެހެންކަމުން މިއަދު ސޮއެކުރެވިގެން މިދިޔ
މިއީ ހަމަގައިމުވެސް ފުނަދޫ ރައްޔިތުންގެ ޒަމާންވީ އުދާސްތަކަށް ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީ ގެނުވާނެ މުހިންމު މަޝްރޫޢުއެއް ކަމުގައި ދެކޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ށ. ފުނަދޫއަކީ އެ އަތޮޅު ވެރިކަން ކުރާ ރަށަށްވެފައި، އެއަރޕޯޓްވެސް އޮތުމާއެކު، ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާކުރާނީ ސަރުކާރުގެ އެކި އެކި މުއައްސަސާތަކުގައެވެ. ނަމަވެސް، ރަށުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ 7 އޮޑިފަހަރާއި، އަތޮޅުތެރޭ ރަނގަޅު ފެންވަރަކަށް ކޮންސްޓަރަކްޝަން މަސައްކަތްކުރާ 3 ފަރާތެއްވެސް އުޅެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *