ޕެރޫގެ އިހުތިހާޖުތައް ހަމަނުޖެހުމަށް ބަދަލުވެ 56 މީހުން މަރުވެއްޖެއެވެ.
ޕެރޫގެ ސަރުކާރާއި ދެކޮޅަށް ކުރާ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން އެންމެ ވަރުގަދަ އިހުތިޖާޖުތަކެއް ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.
އިހުތިޖާޖުތައް ހަމަޖުނެޖެހުންތަކަށް ބަދަލުވެ މަރުވި 56 މީހުންގެ ތެރެއިން 45 މީހުން މަރުވެފައިވަނީ ފުލުހުންނާއި އިހުތިޖާޖުގެ ބައިވެރިންނާއި ހިނގާދިޔަ ސީދާ ކުރިމަތިލުންތަކުގައެވެ. ފުލުހުން ވަނީ އިހުތިޖާޖުތައް ހުއްޓުވުމަށް ބާރުގެ ބޭނުންކޮށްފައެވެ. އެގޮތުން ކަރުނަ ގޭހާއި އެނޫންވެސް ހަތިޔާރު ބޭނުންކޮށްފައިވެއެވެ.
އާންމުންގެ އިތުރުން ސަލާމަތީ ބާރުތަކުގެ 500 އަށްވުރެ ގިނަ މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ.
އިހުތިޖާޖުކުރަމުންދަނީ ކުރީގެ ރައީސް ޕެދްރޯ ކެސްޓިއްޔޯއަށް ތާޢީދުކުރާ މީހުންނެވެ. އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ.
އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުންދަނީ ބޮލުއަރްތޭގެ އިސްތިއުފާއަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކުރުމަށާއި އަވަސް އިންތިހާބެއް ބޭއްވުމަށްވެސް ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.