އއ.ތޮއްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޕްލޭނިންގް މިނިސްޓްރީ އިން ބުނީ، ތޮއްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، 750 މީޓަރގެ ޖިއޯޓިއުބް ރިވެޓްމަންޓެއް ޤާއިމްކުރުމުގެ މަސައްކަތާއި، 17،000 ކޮޑިމީޓަރގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އެ މަޝްރޫއު އަކީ ސަރުކާރުގެ ބަޖެޓުން 20,338,480.63 ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤު އެވެ.
ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޞިލް ސައުދުﷲ އަހުމަދު އެވެ.