މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ރ. ދުވާފަރު އައުޓްޑޯ ވޮލީކޯޓެއް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރިއޯ ލިންކް އިންވެސްޓްމަންޓް ކުންފުންޏާއެވެ.
މިއީ ޖުމްލަ 1،139،325.17 (އެއް މިލިއަން އެއްލައްކަ ތިރީސް ނުވަހާސް ތިންސަތޭކަ ފަންސަވީސް ރުފިޔާ ސަތާރަ ލާރި)ގެ މަޝްރޫއެކެވެ.
މަސައްކަތް ނިންމުމަށް ދީފައިވަނީ 45 ދުވަހުގެ މުއްދަތެކެވެ.
މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ފުޢާދެވެ. ޓްރިއޯ ލިންކް އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޔޫސުފް ނިމާލެވެ.