މިދިޔަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހު ކ.ވާވެއްދި ފަރަށްއެރި ބާޖަކާއި ޓަގު ބޯޓެއް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ދި މިޑްލްއީސްޓް މެރިން އެލްއެލްސީގެ، އޭއެމް އަލްޕިޓް ޓަގު ބޯޓައި، އޭއެމް އާގަމް ބާޖު ފަރަށް އެރުމާ ގުޅިގެން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތައް ބެލުމަށް ފަހު، އެ ބާޖާއި ޓަގުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އީޕީއޭ އިން ބުނީ ބާޖާއި ޓަގު ފަރަށް އެރުމުން އެ އުޅަނދުތައް ފުންކޮށް، އެ ހާދިސާގެ ސަބަބުން އެ ސަރަހައްދަށް ލިބުނު ގެއްލުންތައް ބަލައި ސާވޭކުރުމަށް އެ އެޖެންސީން ވާވެއްދިފަރު ސަރަހަށްދަށް ދިޔައީ މިދިޔަ އޮގަސްޓު 13ގައި ކަމަށާ އުޅަނދުގެ ވެރިފަރާތުން އެ ސަރަހައްދު ސާވޭކުރި އިރު އޮބްޒާވަރެއްގެ ގޮތުން އީޕީއޭ އިން ބައިވެރިވި ކަމަށެވެ.

އިޕީއޭ އިން ބުނީ އެ ސަރަހައްދު ބެލިބެލުމުން، ފަރުގެ 3،926 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅި ޖުމްލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 148 މިލިއަން ރުފިޔާ ކަމަށާ ނަމަވެސް، ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު މިންވަރަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ އެ އަދަދު 30 ދުވަހުގެ ތެރޭގައި ދައްކަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

އިޕީއޭ އިން ބުނީ ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ފެށުމަށް ކުރަން ޖެހޭ ކަންތައްތައް މި މައްސަލައިގެ އިސްތިއުނާފް މަރުހަލާއިން ނިންމާ ގޮތެއްގެ މަތިން ފަށާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *