މޯލްޑިވިއަންގެ ފްލައިޓެއް

އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުންކުރާ ރަސްމީ ލިޔުންތައް މުއްދަތު ހަމަވެފައިވާނަމަ އަންނަ ފެބްރުއަރީ 21ގެ ފަހުން މޯލްޑިވިއަން ފްލައިޓްތަކުގައި ދަތުރެއް ނުކުރެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ މުއްދަތު ހަމަވެފައިވާ ލިޔުންތައް ބަލައިގަންނަމުންދިޔަ ނަމަވެސް އައިޑެންޓިފިކޭޝަން ލިޔުމެއް މުއްދަތު ހަމަވެފައިވާނަމަ އަންނަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބަލައިނުގަނެވޭނެ ކަމަށެވެ.

އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަނުން ބޭނުންކުރާ ލިޔުންތަކުގެ ތެރޭގައި އައިޑީ ކާޑާއި، ޕާސްޕޯޓު، ވޯކް ވިސާ ކާޑު، ލައިސެންސް ކާޑު، އެއާޕޯޓު ސެކިއުރިޓީ ފާހުގެ އިތުރުން ސަރުކާރުގެ އިދާރާއަކުން ފޮޓޯއާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ރަސްމީ ލިޔުންތައް ހިމެނެއެވެ.

މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓު އަދި އެހެނިހެން ރަސްމީ ލިޔުންތައް ބޭނުންކޮށްގެން ދަތުރުކުރެވޭ ގޮތް ހަދާފައިވަނީ ކޮވިޑުގެ ހާލަތާ ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *