އަމީނީ މަގު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކުރިމަތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިއަދު 4:10 ހާއިރު ކަމަށާއި އެ ހާދިސާގައި ޒަހަމްވީ ފިރިހެނެއް ކަމަށެވެ. އޭނާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އެމީހާގެ ބުރަކައްޓަށެވެ. އަމީނީ މަގު ޣިޔާސުއްދީން ސްކޫލު ބްލޮކް އެއްކޮށް އޮތީ ބަންދު ކޮށްފައެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އެ އިދާރާއިން ބަލަމުންދާ ކަމަށެވެ.