ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގެ މުވައްޒަފުންނަށް ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގެ މުވައްޒަފުންނަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ސާރވިސް ޗާޖުގެ ގޮތުގައި ލިބޭނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހިނގާ ޖެނުއަރީ މަހުގެ ސަރވިސް ޗާޖްގެ ގޮތުގައި އިތާފުށީގެ މުވައްޒަފުންނަށް 3302.50 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 50916 ރުފިޔާ ލިބޭނެއެވެ.

އިތާފުށީގައި 750 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާއިރު އެ ރިސޯޓުން މިދިޔަ 4 އަހަރުގެ ޖެނުއަރީ މަހުވެސް ބޮޑު އަދަދަކުން މުވައްޒަފުންނަށް ސަރވިސް ޗާޖް ދީފައިވާކަމަށް ތާފަސް ހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ގިނަ އަދަދަކަށް ސަރވިސް ޗާޖް ލިބޭނެކަމަށް ލަފާކޮށްފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ މުވައްޒަފުންނަށެވެ. ވަން އެންޑް އޮންލީ ރީތި ރަށުގެ މުވައްޒަފުންނަށް ޖެނުއަރީ ސާވިސް ޗާޖަށް ލިބެނީ، އެއަށް ވުރެ ގާތްގަނޑަކަށް 300 ޑޮލަރު މަދު އަދަދެއް ކަމަށްވާ 3،054 ޑޮލަރު (47،092ރ) އެވެ.

ރާއްޖެއަކީ ދުނިޔޭގެ އެންމެ އަގު ބޮޑު އެއް މަންޒިލަށް ވާތީ، މަތީ ފަންތީގެ ރިސޯޓްތަކުގެ ސާވިސް ޗާޖު، އޮކިއުޕެންސީ ރަނގަޅު ދުވަސްވަރު ވަރަށް ބޮޑުވެ އެވެ.

ކުރިއަށް މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމުން ރާއްޖޭގެ ރިސޯޓުތަކައް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ގިނަ ރިސޯޓުތައް އައު އަހަރާއި ދިމާކޮށް އޮތީ ފުރިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *